މާލޭ ސިޓީކައުންސިލްގެ ޖަލްސާތައް ލައިވްކޮށް ދެއްކުމަށް އެ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ޑރ. މުޢިއްޒު މިއަދު ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މާލޭ ސިޓީ ކައުންސިލަކީ ދެފުއްފެންނަ ގޮތަށް ހިންގާ ކައުންސިލަކަށް ހެދުމަށްޓަކައި، އެ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަކީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާ އެސްއޭޕީގައި ކަނޑައަޅާ ފާސްކޮށްފައި އޮތް ކަމެއް ކަމަށެވެ.

Ad
rt

އެކަމަށްޓަކައި ސިޓީ ކައުންސިލް އިދާރާގެ އައިޓީ އިންތިޒާމްތައް ފުރިހަމަ ކުރުމަުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ކައުންސިލްގެ ޓްރާންސްޕޭރެންސީ ކަށަވަރު ކުރުމަށްޓަކައި ހުރިހާ ކައުންސިލަރުން ވެސް މާލީ ތަފްސީލުތައް ވެބްސައިޓްގައި އެންމެންނަށް ފެންނަހެން ޝާއިއުކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް" މޭޔަރު ވިދާޅުވެފަވެއެވެ.

މާލޭ ސިޓީކައުންސިލްގެ ޖަލްސާތައް ލައިވްކޮށް ދެއްކުމަށް އެ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު، މާލޭގެ ޑެޕިއުޓީ މޭޔަރެއް ހޮވުމަށް ވެސް މިމަހުގެ 21 ވަނަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށް، މާލެ ސިޓީގެ ހުރިހާ ކައުންސިލަރުން 14 ދުވަހުގެ ނޯޓިސް ފޮނުވާފައެވެ.

މާލޭގެ މޭޔަރާ އެކު 18 ކައުންސިލަރުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކޮށްފައިވާއިރު އޭގެ ތެރެއިން 12 ކައުންސިލަރުންނަކީ އިދިކޮޅު ޕީޕީއެމްގެ ބޭފުޅުންނެވެ.