ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުއަގުގައި ވިއްކަން ނިކުންނަންވާނީ ބަނޑަށް ޖެހުނީމަކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) މިއަދު އިސްލާހު ކުރުމާއިއެކު އެކަމަށް އިޝާރާތްކުރައްވާ ބޮންޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެކަަމަށެވެ.
އެފްޑީއައި ޕޮލިސީގައި ކުރިން އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭ ގޮތަށެވެ. ކުރިން އެ ޕޮލިސީބުނާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެއީ ފަސް އަހަރުގެ މުއްދަތަށެވެ.
މިކަމަށް އިޝާރާތްކުރައްވާ ބޮންޑޭ ވިދާޅުވީ ދުނިޔޭގެ ބާޒާރު ހުއްޓިފައިވާ ވަގުތެއްގައި ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުކުމެ ނުއަގުގައި ބަކަރި ވިއްކާން ގަންނާނެއްބާ ގޮވުމަކީ ބަނޑަށް ޖެހުނީމައި ކުރާކަހަލަ ކަންތައްކަމަށެވެ.
ބޮންޑޭގެ މިޓުވީޓަށް ރައްދުދެއްވަމުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ހުސައިން އަރީފް ވިދާޅުވީ "މީދޫ ތަކުރާއި ތުއްފާށަނާ ފަދަ ޣައްދާރުން "އައްޔެއް އަނދިރިއެއް ތަފާތެއް ނޫނޭ" ބުނެ ދުނިޔަވީ އެދުންތަކަށް ޤައުމާއި ގައުމިއްޔަތާއި، ވަތަނިއްޔަތުގެ އަސާސްތަކަށް ޣައްދާރުވާ ނުބައިނުލަފާ ޚާއިނުންގެ ސަބަބުން ގައުމަށް ލިބޭ ދެރަޔަށް ވުރެ ވަކިން ބޮޑު ދެރައެއް، ނިކަމެތިކަމެއް ނޯންނާނެ" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!