ހދ. ކުޅުދުއްފުށި ސިޓީ ފުލޫ ކުލިނިކަށް ދެއްކި މީހަކާއި އެކު އިތުރު 3 މީހުން އެރަށުން ޕޮޒިޓިވް ވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވި ގޮތުގައި ފުލޫ ކުލިނިކުން ނެގުނު ސާންޕަލްއިން ޕޮޒިޓިވްވެފައިވަނީ 45 އަހަރުގެ ފިރިހެނެކެެވެ. މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން އެމީހާ ވަނީ ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދައްކާފަ އެވެ.

Ad
rt

މީގެ އިތުރުން އެރަށުން ޕޮޒިޓިވް ވެފައިވާ އިތުރު 3 މީހުންނަކީ ފުރަބަންދުގައި ތިބި ތިންމީހުންނެވެ.

މިމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަކަމަށް ކޭއާރުއެޗްއިން މަޢުލޫމާތު ދެއްވިއެވެ.

މިމީހާ ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއިމެދު އަދި ގޮތެއް ނިންމާފައިނުވާކަމަށް ކޭއާރުއެޗްގެ މެނޭޖަރ އަޙްމަދު ދާޢޫދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ އިތުރުން މިއަދު ހދ. އަތޮޅުގެ 3 ރަށަކުންވެސް ވަނީ ޕޮޒިޓިވް ކޭސް ތަކެއް ފެނިފަ އެވެ. އެގޮތުން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ކޮނިއުނިޓީ ސްޕްރެޑްއެއް އޮތް ހދ. ނޭކުރެންދޫ އާއި މަކުނުދޫ އިންނެވެ. ނޭކުރެންދޫއިން މިއަދު 12 މީހަކު ޕޮޒިޓިވް ވެފައިވާއިރު މަކުނުދޫއިން ވަނީ 5 މީހަކު ޕޮޒިޓިވްވެފައެވެ. ހދ. ހަނިމާދޫއިން ވެސް ވަނީ ޕޮޒިޓިވް 2 ކޭސް ފެނިފަ އެވެ.