ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެއިންޓަރނެންސް އެއް ކުރިއަށްދާތީ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް ބުނެފިއެވެ.

އަހަރެންގެ ބޭންކް ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 02:30 ން 02:30ށް އިންޓަރނެޓް ބޭންކިންގ އަށް ބުރޫ އަރާނެ ކަމަށެވެ.

Ad
rt

މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެނެންސް މަސައްކަތެއް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލްއިން ރޭވެސް ވަނީ މިވަގުތުގައި ޚިދުމަތް ކަނޑާލާފައެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މިފަހަރު ބޭންކުން މައާފަށް އެދިފައެއް ނުވެ އެވެ.

އާދައިގެ މަތިން ބޭންކުން މާފަށް އެދިފައި ހުއްޓަސް މީސްމީޑިޔާގެ މަންސަތަކުން ރައްޔިތުންގެ ބޭންކުން މެއިންޓަރނެންސް އަށް ޚިދުމަތް މެދެކަނޑާލާވަރު ގިނަވެ އަންނަނީ ޝަކުވާ ކުރަމުންނެވެ.

ފަހަކަށް އައިސް ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންއަށް އިތުބާރު ގެއްލޭ މިންވަރަށް އަންނަނީ ބުރޫ އަރަމުންނެވެ.