އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ 28 ރަމަޟާން 1443 (29 އޭޕްރިލް 2022) ވަނަ ދުވަހުގެ 18:00 ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.
ޒަކާތް އޮންލައިންކޮށް ދެއްކޭނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ނެވެ.
މި އަހަރުގެ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5,583,326.44 (ފަސް މިލިއަން ފަސްލައްކަ އަށްޑިހަ ތިންހާސް ތިންސަތޭކަ ސައްބީސް ރުފިޔާ ސާޅީސް ހަތަރު ލާރި) ލިބިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މުއްދަތުގައި ފިޠުރު ޒަކާތް ދައްކާފައިވަނީ 107,132 ( އެއްލައްކަ ހަތްހާސް އެއްސަތޭކަ ތިރީސް ދޭއް) މީހުންނެވެ.
މިދިޔަ 1442 ވަނަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 5,657,851 (ފަސް މިލިއަން ހަ ލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ފަންސާސް އެކެއް) ރުފިޔާއެވެ. މި މުއްދަތުގައި ފިޠުރު ޒަކާތް ދައްކާފައިވަނީ 135743 (އެއްލައްކަ ތިރީސް ފަސްހާސް ހަތްސަތޭކަ ސާޅީސް ތިނެއް) މީހުންނެވެ.
އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކާނެ ލިންކް
ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ފިޠުރު ޒަކާތް ދެއްކުމަށް ހަނދުމަފުޅުކޮށްއަރުވަމެވެ.
އަދިވެސް ފިޠުރު ޒަކާތް ނުދައްކަން؟ ދެއްކޭނެ ގޮތްތަކާއި ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް!
އަދިވެސް ފިޠުރު ޒަކާތް ނުދައްކަން؟ ދެއްކޭނެ ގޮތްތަކާއި ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!