ރައްޔިތުންގެ
މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ދެއްކެވި ވާހަކަފުޅަކީ، ވަރަށް ނުރައްކާތެރި ވިޔާނުދާ ވާހަކަފުޅެއްކަމަށް ޝާޢިރުންގެ ވާދީ އިން ބުނެފި އެވެ.
އެޖަމްޢިއްޔާގެ ފަރާތުން މިހެން ބުނެފައިވަނީ، މެންބަރު އިކްރާމް ޙަސަން ދެއްކެވި ވާހަކަފުޅު ނުހަނު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ވަނީ، ރާއްޖޭގެ ރަސްމީބަހެއްގެ ގޮތުގައި އިނގިރޭސިބަސް ހަމަޖައްސައިފިނަމަ ޤައުމުގެ ތަރައްޤީ ހަލުއިވެ ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް ރައްޔިތުންގެ
މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ދެއްކެވި ވާހަކަފުޅަކީ ޤައުމުގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމަށް ނުރައްކާވެދާފަދަ ގޮތަކަށް އެ މެންބަރު
ކަނޑައެޅިގެން ދެއްކެވި ނުރައްކާތެރި ވާހަކަފުޅެއްކަމަށެވެ.
"ދިވެހިރާއްޖޭގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަސްކަމަށް އޮންނަ އޮތުމަށް ގޮންޖައްސަވާފައި ދެއްކެވި ވަރަށް ވިޔާނުދާ ވާހަކަފުޅެކެވެ."
އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިނގިރޭސި ބަހުގެ ދުވަހާއި ގުޅުވައިގެން އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއް ހިއްސާ ކުރައްވަމުން މިމަހުގެ 24 ވަނަ ދުވަހު މެންބަރު އިކްރާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ޤައުމުގެ ތަރައްޤީ ހަލުވިވެ، ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.
"ރާއްޖޭގެ އިޤްތިޞާދު ހިނގަނީ ވަރަށް ބޮޑަށް އިނގިރޭސި ބަހަށް ބަރޯސާވެގެން"
އިކްރާމް ވިދާޅުވެފައި ވެއެވެ.
މެންބަރު އިކްރާމް މިހެން ވިދާޅުވުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މީސްމިޑިޔާގައި މިކަމާއި އެކޮޅަށް އަޑުއުފުލާ އެކަން ކުއްވެރިކޮށްފަ އެވެ.
ޝާޢިރުންގެ ވާދީ އަކީ ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމަށް ހިންގާ މަދަނީ ޖަމްޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!