ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޖުޑިޝަލް ސަރވިސް ކޮމިޝަން އިން މިއަދު ހުޅުވާލާއިފިއެވެ.
އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި17 ޑިސެމްބަރު2019 ގެ12:00 ކުރިން ހުށައަޅަންޖެހޭނެ ކަމަށެވެ.
. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ، ފަނޑިޔާރުކަމުގެ މަގާމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިިދިޔަ ބުދަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އުމުރުން30 އަހަރު ވެފައިވާ މީހެއްކަމުގައި ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހެއްކަމުގައި ވާންޖެހެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބިވަޑައިގަންނަވާއިރު، ކޮންމެ ފަނޑިޔާރަކަށް ކާރުކޮޅަކާއި ސެކިއުރިޓީ އަދި އެހެނިހެން އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!