1990 އަށްވުރެ ހަތްގުނަ އަވަހަށް ގްރީންލޭންޑްގައިވާ އައިސްތައް ވިރިގެންދާކަމަށް ސައިންސްވެރިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕޯލާރ ސައިންޓިސްޓުން ތަކެއް، 26 އަހަރުގެ ސެޓެލައިޓް ރެކޯޑްތައް ދިރާސާ ކުރުމަށްފަހުގައެވެ. ކަނޑުގެ ލޮނުގަނޑު އުފުލިގެންދިއުމުގެ އެއް ސަބަބެއް ކަމުގައި ވެފައިވަނީ ގްރީންލޭންޑުގައިވާ ގަނޑުފެން ވިރުމެވެ. މިހާރު ސައިންވެރިން ބުނާ ގޮތުގައި7 ސެންޓިމީޓަރުގެ ކަނޑުލޮނުގަނޑު އުފުލިގެންދާނީ ހަމައެކަނި ގްރީންލޭންޑްގައިވާ ގަނޑުފެންތައް ވިރިގެންނެވެ.
މިކަމުގެ ސަބަބުން، ރާއްޖެފަދަ ތިރިގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބިރުވެރިކަން ބޮޑެވެ. ލަފާ ކުރެވޭ ގޮތުގައި ބިލިއަނެއްހައި މީހުން މިފަދަ ގައުމުތަކުގައި ދިރިއުޅެއެވެ.
މި ދިރާސާގައި ދުނިޔޭގެ 50 އޮގަނައިޒޭޝަން އަކުން 89 ޕޯލާރ ސައިންޓިސްޓުން ބައިވެރިވެފައިވެއެވެ. އަދި މީގައި 2011 އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގެ 11 ސެޓެލައިޓިން މައުލޫމާތު ބޭނުންކުރިއެވެ. މި ޓީމުން މައުލޫމާތު ދޭ ގޮތުގައި، ދިރާސާ ފެށިފަހުންވެސް 3.8 ޓްރިލިއަން ޓަނުގެ އައިސް ވަނީ ކަނޑަށް ވިރިފައެވެ.
ގްރީންލޭންޑްއިން ގަނޑުފެން ވިރިގެންދަނީ މައިގަނޑު ދެ ސަބަބަކުންނެވެ. އެއީ މަތީ ސަތަލާގައިވާ ގަނޑުފެން ވިރި އެ ފެން ކަނޑަށް އެޅިގެންނާއި، ބޮޑެތި ގަނޑުފެންގަނޑު ކުދި ކުދިވެ އެ ކަނޑަށް އެޅުމުންނެވެ. އެވްރެޖް ކޮށް އަހަރެއްގެ ތެރޭގައި ގްރީންލޭންޑްއިން 250 ބިލިއަން ޓަނުގެ އައިސް ވިރޭ ކަމަށްވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!