މާދަމާއިންފެށިގން އަނެއްކާވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި، މާލެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. މި ސައްޙައްދުތަކަށް އެވަރެޖްކޮށް 6 މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެތީ ކުރާ ފަރަތްތަކުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. ކުރިއަށް އޮތް 24ގަޑިއިރު އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ އިދާރާޢިން މަޢުލޫމާތުދެއެވެ.
މޫސުމާ ބެހޭ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރާ ވިއްސާރަ އަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކަމަށެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!