ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރަން މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފި އެވެ.
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޖިނާއީ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން އެ ކޯޓުން އެންގި އެންގުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ. ނަމަވެސް ޕީޖީން އެގޮތަށް އަމަލެއް ނުކުރެ އެވެ.
ފޭދޫ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް ޕީޖީން އެ އަމުރަށް އަމަލު ކޮށްފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށެވެ. އަދި އޭގެ އަދަބެއްގެ ގޮތުން 10،000ރ. އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ޖޫރިމަނާ ކުރީ ކަމަށް ހުކުމުގައިވެ އެވެ.
އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.
ކޯޓުގެ ހުރުމަތް ކަނޑައިގެން ކުށްވެރިންނާއި އާންމުންގެ މައްޗަށް ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު އިއްވާފައިވެ އެވެ. އެކަމަކު މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!