އައިއެސްއާ ގުޅުނު ކަމަށް ތުހުމަތުވާ އަމީން 27 އަހަރަށް ޖަލަށް

އަމީން، ފޮޓޯ: މީސްމީޑިއާ
އަމީން، ފޮޓޯ: މީސްމީޑިއާ

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީނަކީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ވެރިޔާ ކަމަށް ތުހުމަތު ކުރުމުގެ އިތުރުން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ވެސް ތުހުމަތުކުރި އެވެ.

އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. އެ ދެ ދައުވާ ވެސް ސާބިތުވެ، އޭނާ 27 އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކުރި ނަމަވެސ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގެ ބޮމުގެ މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި ރާއްޖެއިން ބޭރުގައި އޭނާ ހުއްޓާ އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް 2012 ވަނަ އަހަރު ވަނީ ދޫކޮށްލައިފަ އެވެ.

އަމީނަކީ އެމެރިކާއިން ނެރުނު ޓެރަރިސްޓުން ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި