Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,125 Stories
75 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

މާދަމާއަށް ތާވަލްކުރި ޔާމީންގެ ޝަރީއަތް ދައުލަތުން އެދިގެން ކެންސަލްކޮށްފި
Raajje

މާދަމާއަށް ތާވަލްކުރި ޔާމީންގެ ޝަރީއަތް ދައުލަތުން އެދިގެން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން މާދަމާ ބާއްވަން ހަމަޖެއްސި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ. ވަކިވަކިން ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން […]

ބޭރުގެ ބުކިން ސައިޓެއްގެ ނަމުގައި ރާއްޖޭގައި ވިޔަފާރި ނަމެއް އޮތުމުން ކޯޓަށް, މައްސަލަ ނާކާމިޔާބު
Raajje

ބޭރުގެ ބުކިން ސައިޓެއްގެ ނަމުގައި ރާއްޖޭގައި ވިޔަފާރި ނަމެއް އޮތުމުން ކޯޓަށް, މައްސަލަ ނާކާމިޔާބު

ރާއްޖެއިން ބޭރުގެ ބުކިން ވެބްސައިޓެއްގެ ނަމާ ވައްތަރު ނަމެއްގައި ރާއްޖޭގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ މައްސަލާގައި ބޭރުގެ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ.   މެލޭޝިއާގައި ރަޖިސްޓްރީކޮށްގެން ދުނިޔޭގައި ހިންގާ ބުކިން ވެބްސައިޓެއް ކަަމަށްވާ މައިއެންޒެޑްޓްރިޕް.ކޮމްއަކީ އެކި ގައުމުތަކަށް ދަތުރުކުރާ ފްލައިޓްތަކާއި ހޮޓެލް ބުކިންތައް ހެދޭ ވެބްސައިޓެކެވެ. މައިއެންޒެޑްޓްރިޕް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރާއްޖޭގައި ކުންފުންޏެއް...

ޔާމީންގެ ޝަރީއަތް އެއްއަހަރު ފަހުން މިމަހު ބާއްވަނީ
Politics

ޔާމީންގެ ޝަރީއަތް އެއްއަހަރު ފަހުން މިމަހު ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް އަހަރެއްހާ ދުވަސް ފަހުން މިމަހުގެ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ. ވަކިވަކިން ކުރިއަށް ގެންދާ މައްސަލަތަކުގެ […]

ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް
Raajje

ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލާން ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގުރައިދޫގެ ސިނާއީ ސަރަހައްދުގައި 2020 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ވެސް ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ. އެ މައްސަލާގައި ބަބުލް އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން […]

ޑްރަގްގެ ކުށްތަކަށް ބޭނުންކުރި ގެއެއްގެ ވެރިމީހާ 10 އަހަރަށް ޖަލަށް, އޭނާ ބުނީ ނުހައްގު އަދަބެއް ކަމަށް
Raajje

ޑްރަގްގެ ކުށްތަކަށް ބޭނުންކުރި ގެއެއްގެ ވެރިމީހާ 10 އަހަރަށް ޖަލަށް, އޭނާ ބުނީ ނުހައްގު އަދަބެއް ކަމަށް

މަސްތުވާތަކެތީގެ ކުށްތަކުގައި ބޭނުން ކުރަމުންދިޔަ ގެއެއްގެ ވެރިފަރާތް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގ. ޕެލިކަން އިބްރާހިމް ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެގެއިން އެހެން ބަޔަކަށް ކުއްޔަށް ދިން ތަނެއްގައި މަސްތުވާތަކެތީގެ ކުށްތައް ތަކުރާރުކޮށް ހިންގަމުން ދިޔަ މައްސަލާގައި އެވެ. މިއީ އެފަދަ މައްސަލައެއްގައި ރާއްޖޭގައި މީހަކު ޖަލަށްލާން ހުކުމްކުރި ފުރަތަމަ ފަހަރެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެތަނުގައި މަސް...

އިހަވަންދޫގައި މީހަކު މަރާލި މައްސަލާގެ ޝަރީއަތް ނުވަ އަހަރު ފަހުން ހައި ކޯޓުން ފަށައިފި
Thiladhunmathi News

އިހަވަންދޫގައި މީހަކު މަރާލި މައްސަލާގެ ޝަރީއަތް ނުވަ އަހަރު ފަހުން ހައި ކޯޓުން ފަށައިފި

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ސުމޮން މިއާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ. އެ ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ […]

އިޒުމީރު މަރާލި މައްސަލާގައި ސަލާމަތްވި ދެ މީހުން ހައި ކޯޓުން ބަންދެއް ނުކުރި
Raajje

އިޒުމީރު މަރާލި މައްސަލާގައި ސަލާމަތްވި ދެ މީހުން ހައި ކޯޓުން ބަންދެއް ނުކުރި

މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އިޒުމީރު މުހައްމަދު އަހުމަދު ދީދީގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރަން ނިންމައިފި އެވެ. ފެބްރުއަރީ، 2023 ގައި ސ. ހިތަދޫ އިރުމީޒަށް ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުށް […]

ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އޮޅުވާލައިގެން, މޭޔަރަށް ދައުވާކޮށްފި
Raajje

ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އޮޅުވާލައިގެން, މޭޔަރަށް ދައުވާކޮށްފި

ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދާފައިވަނީ އެހެން ރަށްރަށުގެ މީހުންގެ ނަން އާބާދީގައި ހިމަނައިގެން އޮޅުވާލައިގެން ކަމަށާއި އެހެންވެ, އެ މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ޖިނާއީ ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ […]

މީހަކު މަރާލި ނޮޅިވަރަންފަރު މީހާއަށް މަރުގެ ހުކުމް
Thiladhunmathi News

މީހަކު މަރާލި ނޮޅިވަރަންފަރު މީހާއަށް މަރުގެ ހުކުމް

ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގައި މީހަކު މަރާލި ހދ. ނޮޅިވަރަންފަރު މީހާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ދެބަސްވުމެއްގެ ތެރެއިން އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މޫސައަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް މުހައްމަދު ބުނެފައިވީ ނަމަވެސް, އޭނާ...

ރާއްޖެއަށް ވަޒަންތަކެއް ގެނައި އެމެރިކާ މީހަކު ހައްޔަރުކޮށްފި
Raajje

ރާއްޖެއަށް ވަޒަންތަކެއް ގެނައި އެމެރިކާ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް ވަޒަންތަކެއް ހިފައިގެން އައި އެމެރިކާގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކޮބޯލޯ ބްރިޓެއިން ޓައިލާ މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައިއިރު އޭނާގެ ލަޖެގުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު ކަމަށެވެ. އެހެންވެ, ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ […]

ވެރިފަރާތެއް ނެތް 100ރ. އާއި އަތުކުރި ގަޑިއެއް ހަވާލުކުރަން ފިހާރައިގެ ވެރިމީހާ ދިޔައީ ކޯޓަށް
Thiladhunmathi News

ވެރިފަރާތެއް ނެތް 100ރ. އާއި އަތުކުރި ގަޑިއެއް ހަވާލުކުރަން ފިހާރައިގެ ވެރިމީހާ ދިޔައީ ކޯޓަށް

ހދ. ކުޅުދުއްފުށީ ސިޓީގެ ފިހާރައެއްގައި އޮތް 100ރ. އަކާއި އަތުކުރި ގަޑިއެއްގެ ވެރިފަރާތް ނޭނގޭތީ އެތަކެތި ދައުލަތަށް ނަގަން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ކުޅުދުއްފުށީ ފިހާރައެއްގައި އޮތް 100ރ. އަކާއި އަތުކުރި ގަޑިއެއްގެ ވެރިފަރާތް ނޭނގޭތީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ފިހާރައިގެ ވެރިމީހާ އެވެ. އަދި އޭގެ ވެރިފަރާތް ހޯދުމަށް ނުވަތަ ގާނޫނީ ގޮތުން އަމަލުކުރަންޖެހޭ އުސޫލުން ކަންކަން ކުރަން އެ މީހާގެ ފަރާތުން ކޯޓުގައި އެދުނެވެ. އެ ތަކެތީގެ ވެރިފަރާތް ހޯދަން […]

ސާހިލްގެ މައްސަލާގައި އެއް މަސް ތެރޭގައި ހުކުމް އިއްވަނީ
Raajje

ސާހިލްގެ މައްސަލާގައި އެއް މަސް ތެރޭގައި ހުކުމް އިއްވަނީ

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ސާހިލް އަލީގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި, އެއް މަސް ތެރޭގައި ހުކުމް އިއްވަން ހަމަޖައްސައިފި އެވެ. ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު 2022 ވަނަ އަހަރު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލަތަކުގެ ހުކުމް...

ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް އިސްރާއީލުން ދިން މައުލޫމާތާމެދު ސީއައިއޭއިން ޝައްކުއުފައްދައިފި
International

ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް އިސްރާއީލުން ދިން މައުލޫމާތާމެދު ސީއައިއޭއިން ޝައްކުއުފައްދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށް ބުނެ އިސްރާއީލުގެ އިންޓެލިޖެންސުން ދިން މައުލޫމާތަކީ އިތުބާރު ކުޑަ މައުލޫމާތެއްގެ ގޮތުގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ އެނަލިސްޓުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ އިންޓެލިޖެންސުން އެމެރިކާގެ އޮފިޝަލުންނަށް އިންޒާރު ދީފައިވަނީ، ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު ރައީސް ޓްރަމްޕް ފުރާވަޑައިގަންނަވަނިކޮށް، އެމަނިކުފާނު ދަތުރުކުރައްވާ އެއާ ފޯސް ވަން ބޯ...

ޒިޔަދަމްގެ ގާތިލަށް ހައި ކޯޓުން ވެސް އިއްވީ މަރުގެ އަދަބު
Raajje

ޒިޔަދަމްގެ ގާތިލަށް ހައި ކޯޓުން ވެސް އިއްވީ މަރުގެ އަދަބު

ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، ޒިޔަދަމަށް ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ހީނާވިލާ ޝަނޫނާއި އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވި އެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވުމުން ޝަނޫން މެރުމަށާއި އަދި އެކަމުގައި […]