ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ ، ހދ. ނޮޅިވަރަމު އަދި ހދ. ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ އައްސަދު އަލީއެވެ.
އާރްކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުޒައިމާ އާސިރެވެ. އަދި ފްލެކްސް އިންކްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ނަޖާހް ޝަރީފެވެ.
ކުޅުދުއްފުއްޓާއި ހަނިމާދޫ އަދި ނެއްލައިދޫގެ ދަނޑުގެ ސަބް ބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގުރޫފާ އެވެ. އެ ތިން ދަނޑުގައި ސަބް ބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ 4.032 މިލިއަން ރުފިޔާއަށެވެ. އެއީ ކޮންމެ ދަނޑަކަށް 1.344 މިލިއަނަށެވެ.
މީގެ އިތުރުން ނެއްލައިދޫ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.190 މިލިއަން ރުފިޔާއަށް ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރިއިރު ނ. ކުޑަފަރީ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.152 މިލިއަން ރުފިޔާއަށް ހަވާލުކުރީ ވެސް އެ ކުންފުންޏާ އެވެ.
މިހަތަރު ރަށުގެ ސަބްބޭސް ތައްޔާރުކުރުމަށް މިނިސްޓްރީއިން އިޢުލާންކޮށްފައިވަނީ މިދިޔަމަހުގެ 19 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.
މިރަސްމިއްޔާތުގައި މިދާއިރާތަކުގެ މަޖިލިސް މެންބަރުން ބައިވެރިވަޑައިގެންނެވިއެވެ.
ފުޓުބޯޅަ ދަނޑެއްގެ ސަބް ބޭސް އަކީ ދަނޑެއްގައި ވިނަ ނުވަތަ އާޓިފިޝަލް ވިނަ އިންދުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ނުވަތަ ބިންގަނޑު ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!