އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން "ޕިންކް ރިބަން ރަން ވޯކް" ގެ ނަމުގައި ބޮޑު ހަރާކަތެއް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވައިފިއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި މިހަރަކާތް މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހއ ދިއްދޫ ހއ އިހަވަންދޫގެ އިތުރުން ހދ ކުޅުދުއްފުށީގައި އަދި އިތުރު ރަށްރަށުގައި ވަނީ މިހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

އެ ހަރަކާތް އިންތިޒާމްކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން ވަނީ އަމަލީ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައިވެރިވެފައެވެ.

ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ޕިންކް ރިބަން ރަން ވޯކް އަކީ މި މަހުގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.