އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން އިޢުލާންކޮށްފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އަންނަ މަހުން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާ ކަމަށެވެ.

Ad
mooomoo 1

މިމަހު 28 ވަނަ ދުވަހު ޑެއިލީ ފްލައިޓްތައް ކުޅުދުއްފުއްޓަށް އޮޕަރޭޓްކުރަން މޯލްޑިވިއަނުން ފަށާނެކަމަށް ބަޔެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް އެއިރު މޯލްޑިވިއަންއިން އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށްވީއިރު އެރަށަކީ ކޮންމެ ދުވަހަކު އެތައްބަޔަކު އެކި އެކި ބޭނުންތަކުގައި ޒިޔާރަތް ކުރަމުން އަންނަ ރަށެކެވެ. ކުޅުދުއްފުށީ ފްލައިޓްތަކަށް އޮންނަ ޑިމާންޑް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މޯލްޑިވިއަންއިން ކުޅުދުއްފުއްޓަށް މިހާރު ދަތުރުކުރަނީ ހަފްތާއަކު ތިން ދަތުރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހުއެވެ.

Ad
df

ކުޅުދުއްފުށީ ޓިކެޓްގެ އަގުތައް 805ރ، 954ރ އަދި 1113ރ ގައި އުޅޭއިރު، ފްލައިޓް ދަތުރުތައް އޮންނަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނުއެވެ.