ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ރޭ އައްޔަންކުރައްވައިފި އެވެ.
އަލީ އާރިފަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ލީޑަރު ގާސިމް އިބްރާހީމެވެ. އަލީ އާރިފް ޖޭޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އޯގަސްޓް މަހުއެވެ.
ޖޭޕީގެ ހިންގުން ކުރިއަށް ވުރެ ވަރުގަދަކޮށް، ޖޭޕީގެ ކުރިމަގަށް ތަފާތު ޕްލޭންތައް ހަދަން ފަށާ ޕާޓީގެ އެކިމަގާމުތަކަށް އާބޭފުޅުން އައްޔަން ކުރަމުން ދާއިރު އިތުރު މެންބަރުންނާއި ކުރީގެ މެންބަރުންވެސް އަންނަނީ ޖޭޕީ އާއި ގުޅެމުންނެވެ.
އެންމެ ފަހުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދެވެ. އޭނާ އެ މަގާމު ފުރުއްވީ ހަތް ވަރަކަށް މަސް ވަންދެނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!