Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,670 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އަންނަ މަހު، 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަނީ
Raajje

އަންނަ މަހު، 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަނީ

އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު، ބައިނަލްއަޤްވާމީ ދަތުރުތަކަށް ރާއްޖޭގެ ވައިގެ ބަނދަރުތައް ހުޅުވައިލުމާއި، ކޯވިޑް-19 އަށްފަހު ޢާންމު ދިރިއުޅުމަކަށް އެނބުރި ދިޔުމަށްޓަކައި، ދެވަނަ މަރުޙަލާ ވެސް އަންނަމަހު ފެށުމަށް ނިންމަވާފައިވާކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ ކޯވިޑް-19 އާއި ގުޅޭގޮތުން މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވައި މަޢުލޫމާތުދެއްވަމުންނެވެ. ކޯވިޑް-19 ގެ ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން މ...

ވީއައިއޭގައި ދުވާލަކު 1000 މީހުން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ޗައިނާއިން ހަމަޖައްސައިދެނީ
Raajje

ވީއައިއޭގައި ދުވާލަކު 1000 މީހުން ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ޗައިނާއިން ހަމަޖައްސައިދެނީ

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއިއެކު ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދުވާލަކު 1000 މީހުން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަލުން ރާއްޖޭގެ ބޯޑަރ ހުޅުވާލާއިރު ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެކި ޤައުމުތަކުން އެ ޤައުމުތަކުން އެހެން ޤައުމުތަކަށް ދަތުރުކުރުމަށް...

މެމްބަރު ޢަލީ ކިޔުއްވައިދެއްވި 30 ނަމްބަރު ކަންވާރު ރޯލުގެ ވާހަކައިން ދޭހަވަނީ ކޮންކަމެއް؟
Report

މެމްބަރު ޢަލީ ކިޔުއްވައިދެއްވި 30 ނަމްބަރު ކަންވާރު ރޯލުގެ ވާހަކައިން ދޭހަވަނީ ކޮންކަމެއް؟

ރައްޔިތުންގެ މަޖިލިސްގައި އިއްޔެ އޮތް 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގެ އެޖެންޑާގެ ނަމްބަރުތައް ނިއުޅެމުންގޮސް ޖަލްސާ ނިންމާލެއްވުމުގެ ކުރިން މަޖިލިސް ރިއާސަތުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލިސްގެ އިތުރު އެހެން މަސައްކަތްތަކުގެ ބައިން، ބަހުސަށް ހުޅުވާލި މައްސަލައިގެ ބަހުސްގެ ވަގުތުގައި އެންމެ ފަހު މެމްބަރެއްގެ ގޮތުން ވާހަކަ ދެއްކެވީ، ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިނެވެ. މަޖިލިސް މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިނަށް […]

އެމްޑީއެން އުވާލިތާ 6 މަސްވާއިރު، އިސްވެރިންނަށް ދަޢުވާނުކުރާތީ ތުލުސްދޫ ކައުންސިލުން ބަޔާނެއް ނެރެފި
Raajje

އެމްޑީއެން އުވާލިތާ 6 މަސްވާއިރު، އިސްވެރިންނަށް ދަޢުވާނުކުރާތީ ތުލުސްދޫ ކައުންސިލުން ބަޔާނެއް ނެރެފި

އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު އެމް.ޑީ.އެން ގެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސް ކުރުމަށް ގޮވާލާ މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއިން ބަޔާނެއް ނެރެފިއެވެ. އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވެ އަދި އެކަމާއި ދެކޮޅަށް ރާއްޖޭގެ އެތަށް ރައްޔިތުންނަކާއި ކައުންސިލު ތަކަކުން އަޑު އުފުލުމުގ...

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކާއި އެލްޖީއޭ ވަގުތުން އުވާލުމަށް ގޮވާލާ ޤަރާރެއް
Parliament

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކާއި އެލްޖީއޭ ވަގުތުން އުވާލުމަށް ގޮވާލާ ޤަރާރެއް

“ކޮރޯނާ ވައިރަސް” ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގްރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާކަމަށްބުނެ، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތައް ވަގުތުން ވަގުތަށް އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރ.ޕީ)ގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ. ޑީއާރުޕީއިން މިޤަރާރު ހިމާނާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިއީ ދަޢުލަތުގެ...

ރިލީފް ލޯން: 482 މިލިއަން ރުފިޔާ 1117 ފަރާތަކަށް ދޫކޮށްފި
Raajje

ރިލީފް ލޯން: 482 މިލިއަން ރުފިޔާ 1117 ފަރާތަކަށް ދޫކޮށްފި

ކޯވިޑް19 އާއި ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، ރިލީފް ލޯންގެ ގޮތުގައި މިހާތަނަށް ޖުމްލަ 482 މިލިއަނަށް ވުރެ ގިނަ ރުފިޔާ 1117 ފަރާތަކަށް ދޫކޮށްފި އެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އިކޮނޮމިކް ރިލީފް ޕެކޭޖުން މިހާތަނަށް 244 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ. މިއީ ފައިސާގެ ޖުމްލަ އަދަދުން ބަލާނަމަ 306 މިލިއަން ރުފިޔާ […]

ތަޙުޤީގުތައް އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައި ނުވާނެ: މަރު ކޮމިޝަން
Raajje

ތަޙުޤީގުތައް އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައި ނުވާނެ: މަރު ކޮމިޝަން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލުމަށް އެކުލަވާލި ކޮމިޝަންގެ އެއްވެސް މައްސަލައެއްގެ ތަޙުޤީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައި ނުވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މަސައްކަތް ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުން އެންގުމަށް ރައްޔިތުންގެ މަޖި...

ދިއްދޫ ހުޅަނގު ފަރާތާއި ރަށުގެ މެދުތެރެއިން 200 ފޫޓަށް ވުރެ ބޮޑު ބައެއް ގިރާލައިފި
Thiladhunmathi News

ދިއްދޫ ހުޅަނގު ފަރާތާއި ރަށުގެ މެދުތެރެއިން 200 ފޫޓަށް ވުރެ ބޮޑު ބައެއް ގިރާލައިފި

ދިއްދޫ ހުޅަނގު ފަރާތާއި ރަށުގެ މެދުތެރެއިން 200 ފޫޓަށް ވުރެ ބޮޑު ބައެއް ގިރާލައިފިކަމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ ޢަބްދުﷲ ވަޙީދު ހާމަކޮށްފިއެވެ. އާދަޔާއި ޚިލާފަށް ދިއްދޫ ގިރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މީހުން އުޅޭ ގެތަކާ ހަމައަށް ރާޅުތައް ފޯރަމުންދާ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރަމުން ވަޙީދު ބުނެފައިވަނީ 11 ޖޫން 2020 ގައި...

ކޯވިޑް-19: ޓެސްޓް ކުރުމަށް މާލޭ ޖަލުން 101 ސާމްޕަލް ނަގައިފި
Raajje

ކޯވިޑް-19: ޓެސްޓް ކުރުމަށް މާލޭ ޖަލުން 101 ސާމްޕަލް ނަގައިފި

‏މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާތީ، އެ ޖަލުން101 ސާމްޕަލެއް ކޯވިޑަށް ޓެސްޓް ކުރުމަށް އިއްޔެ ނަގައިފިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ. ކަރެކްޝަން ސާވިސްއިން ބުނީ، މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާތީ، އެޗްޕީއޭއާއި އެސަރވިސް ގުޅިގެން 101 ސާމަޕަލް މާލޭ ޖަލުން އިއްޔެ ނަގާފައި ވާކަމަށެވެ. އެގޮތުން ސާމްޕަލް ނެގިފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ގައިދީންނާއި ބަންދުމީހުން […]

އަލުން ކެފޭތައް ހުޅުވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ!
Raajje

އަލުން ކެފޭތައް ހުޅުވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ!

ކޯވިޑް-19 ގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެނެސް، ލުއި ދިނުމުގެ ފިޔަވަހިތަކުގެ ދަށުން، ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އުސޫލުގައި ކާބޯތަކެތި އުފައްދާ ތަންތަނާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި، ކާބޯތަކެތި ޑެލިވަރީ ކުރުމާއި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގ...

ޖަލުގެ އޮފިސަރަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމުން ގައިދީން ޓެސްޓުކުރަނީ
Raajje

ޖަލުގެ އޮފިސަރަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމުން ގައިދީން ޓެސްޓުކުރަނީ

މާލޭ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އެ އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސަރވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކު...

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު 54 އަހަރުގެ މީހަކު ވެލިދޫން ހައްޔަރުކޮށްފި
News

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު 54 އަހަރުގެ މީހަކު ވެލިދޫން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު މީހަކު ވެލިދޫން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  މި ޖޫން މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، އ...

ނައިބު ރައީސް މާވެޔޮ މިސްކިތް ބައްލަވާލައްވައިފި
Raajje

ނައިބު ރައީސް މާވެޔޮ މިސްކިތް ބައްލަވާލައްވައިފި

ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަޞީމް، މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) އަށް ޒިޔާރަތްކުރައްވައި އެ މިސްކިތް ބައްލަވާލައްވައިފިއެވެ. އެމަަނިކުފާނު މާވެޔޮ މިސްކިތަށް ޒިޔާރަތް ކުރަށްވައި އެ މިސްކިތް ބައްލަވައި ލެއްވީ މިއަދުއެވެ. އެ ޒިޔާރަތުގައި ނައިބުރައީސް އަރިހުގައި އެމިސްކިތް އަމިއްލަ ޚަރަދުގައި އިމާރާތްކޮށް ދެއްވި މުހައްމަދު އަލީ ޖަނާހުވެސް ބައިވެރިވެ ލެއްވިއެވެ. ކުރިން ދެ ބުރިއަށް އަޅާފައި ހުރި މާވެޔޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރިއަށް ތަރައްގީ ކުރަން ނިންމީ ކުރީގެ ރައީސް އ...

"ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް" ގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

"ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް" ގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް (ޕީޓީއެމް) ޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު އެ ޖަމްޢިއްޔާއިން ހުޅުވާލައިފިއެވެ. މިގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ މުދައްރިސުންނަށާއި ހުރިހާ ޚިދުމަތް ތެރިންނަށް އެޖަމްޢިއްޔާއިން ވަނީ އެޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. ޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލަމުން އެ ޖަމްޢިއްޔާއިން ބުނީ އެ ޖަމްޢި...

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އިތުރު "ކްލަސްޓާއެއް" ފެނިފައިވޭ: ޕީޖީ
Raajje

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އިތުރު "ކްލަސްޓާއެއް" ފެނިފައިވޭ: ޕީޖީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އިތުރު “ކްލަސްޓާއެއް” ފެނިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މިހާރުގެ ބަހުން ދަންނަވާނަމަ މި މައްސަލާގައި އިތުރު “ކްލަސްޓާއެއް” ވެސް ފެނިފައިވާ ކަމަށެވެ. ޝަމީމުގެ ވާހަކައިގައި ފާހަގަ ކުރެއްވީ އެމްއެމްޕީއާރްސީ ޙިޔާނާތުގައި ރާވާ އިސްކޮށް އުޅުއްވި ކަމަށް މިހާތަނަށް ފާހަގަވެފައިވަނީ ހައެއްކަ ފަރާތެއް ކަމަށެވެ. އަދި އެއީ މި ޙިޔާ...