މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލުމަށް އެކުލަވާލި ކޮމިޝަންގެ އެއްވެސް މައްސަލައެއްގެ ތަޙުޤީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައި ނުވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މަސައްކަތް ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުން އެންގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާތީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަޙުޤީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭ މައުލޫމާތު މަޖިލީހަށް ފޮނުވާފައި ވާކަމަށެވެ. އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތައް މަޖިލީހަށް ދަންނަވާފައި ވާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

Ad
rt

އެކޮމިޝަނުން މިހެން ވިދާޅުވެ ނޫސްބަޔާނެއް ނެރެފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގައި އިތުރަށް ހެކި ހޯދެން ނެތް ކަަމަށާއި، ދެން މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޮމިޝަނުން ބުނެފައިިވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

"ނަމަވެސް ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ދަންނަވާފައި ނުވާނެއެވެ. އަދި މި ފުރުސަތުގައި ކޮމިޝަންގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ."

ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަހުގީގަށް ހެކި ހޯދަން ހުރަސް އެޅުނީ، އެ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުވުމުން ކަމަށް ކޮމިޝަނުން ބުނެފައިިވާ ކަމަށެވެ.

މީ އަޅުގަނޑު ދެކޭގޮތުގައި މުއުޖިޒާތެއް ބާވަތުގެ ކަމެއް. އަޅުގަނޑު ދަންނަ ގައުމުތަކުގައި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއެއް ހެދުމާ އަދި އޭގެ ކަންކަން ހާމަކުރުމާ ޖިނާއީ ތަހުގީހާ އަދި ޖިނާއީ ދައުވާ އުފުލުމާ ގުޅުމެއް ނުހުރެ،

ނަޝީދު ވިދާޅުވި އެވެ.

މަރު ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި ލިބިފައިވާ ހެކިތަކަށް ބަލައި، މައްސަލަތަކުގައި ތުހުމަތުވާ މީހުންނަށް ދައުވާ ނުކުރި ސަބަބާ ގުޅޭގޮތުން ނަޝީދު މިއަދު ވެސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެހެންނަމަވެސް އެކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީގު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައި ނުވާނެކަމަށާއި، ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާކަމުގައިވެސް ވަނީ ބުނެފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ތަހުޤީޤުކުރަމުން ގެންދިޔަ މައްސަލަތައް އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ.