ނޮޅިވަރަންފަރަށް ބަދަލުވި 52 ޢާއިލާއަކަށް 9 އަހަރުފަހުން ބޯހިޔާވަހިކަން ހަމަޖެހިއްޖެ
2011 ވަނަ އަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުކުރި ތިންރަށެއްގެ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހިތިބި 52 ޢާއިލާއަކަށް ހައުސިން ޔުނިޓްތައް ހަވާލުކޮށްފިއެވެ. އެ 52 ޢާއިލާ ނިސްބަތްވަތް ވަނީ ހދ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއަށެވެ. އެ ރަށްތަކުގެ މީހުން ނޮޅިވަރަން ފަރަށް ބަދަލުކުރީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. މި ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލުކުރީ ޑިސެމްބަރު 18 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލު ކޮށްދެ...