ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދެއްވުން ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.

Ad
rt

ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައި އެކަން ރައީސް އޮފީހުން ހާމަކުރެއްވިއިރު، މިއަހަރު ބާއްވާ ދިވެހި ދައުލަތުން މި އަހަރު ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވާ އިތުރު އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެ ޖަލްސާ އޮންނާނީ މި މަހުގެ 26ވާ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައެވެ.