ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަގު ވަޒަންކުރުމަށް އަންނަ އަހަރު ޚާއްޞަ ޕްލެޓްފޯމެއް ގާއިމްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ، އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

މިގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ ވިދާޅުވީ 2021 ވަނަ އަހަރު ސްޓާސް އޮފް ޓޫރިޒަގެ ނަމުގައި ވެބް ޕޯޓަލް އެއް ގާއިމްކޮށް، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ތެރެއިން މަސައްކަތުގައި ފާހަގަކުރެވޭ ދާއިރާގެ ޕްރޮފެޝަނަލް މުވައްޒަފުންގެ އަގު ވަޒަން ކުރަން ފައްޓަވާނެ ކަމަށެވެ. އަދި މައިގަނޑު ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މަސައްކަތަށް އެންމެ ރަނގަޅު ޕްރޮފެޝަނަލް މަސައްކަތްތެރިންގެ އަގު ވަޒަންކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވެފައި ވާއިރު، އޭނާ ގެންދަވަނީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ކޯވިޑްގެ ސަބަބުން އެއްކޮށް ހުއްޓުނު ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަށް ވަމުންނެވެ. އަދި ސަރުކާރާއި އެ ސިނާއަތް ގުޅިގެން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.

ރާއްޖެއަށް މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ފަސް ލައްކައަށް ވާސިލް ވުމުގެ އަމާޒު މީގެ ދެ ދުވަސް ކުރީން ހާސިލް ކޮށްފައިވާއިރު، ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ މިހާރު ލައްކަ އަކަށްވުރެ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރަށްވާ ގޮތުގައި މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.