ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ނިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ދެއްކެވި ވާހަކަފުޅުގައި ވަނީ ‏މިލަންދޫގެ މަގު ހެދުމުގެމަޝްރޫއަކީ އަދުގެ ސަރުކާރުން 156.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށް ވިދާޅުވެފައެވެ. އަދި މިމަޝްރޫއުގެ ދަށުން 6.15 ކިލޯ މީޓަރުގެ މަގު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް މޫސާ އަލީ މަނިކުު ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މިލަންދޫ މަގުހެދުމުގެ މަޝްރޫޢު އާރުޑީސީއާއި ޙަވާލު ކުރައްވާފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 12ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން އެރަށު 8 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 156.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިލަންދޫގައި 6.15 ކިލޯ މިޓަރުގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އަދި މި މަސައްކަތް ކުރުމަށް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 520 ދުވަހުގެ ތެރޭގައި މުޅިން ނިންމާގޮތަށެވެ.