މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,698 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
Raajje

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

މުޅި ރާއްޖެއަށް މޫސުމާގުޅޭ އިންޒާރު، ވައިޓް އެލާޓް ނެރެފިއެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ  20:00 އިން ފެށިގެން މެންދަމުން އަނބުރާ 1:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި މުޅިރާއްޖެއަށް 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. […]

ށ. ފޭދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ށ. ފޭދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފި

ށ. ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުވައި ދެއްވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓ...

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ކުޅުއްފުށީ ސިޓީގެ މޭޔަރާއި، އެ ކައުންސިލްގެ މެމްބަރުންނާއި، އެ ސިޓީގައ ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނ...

ކުޅުދުއްފުށީ ޕޮލިސް ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީ ޕޮލިސް ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަޅާފައިވާ ފުޓްޝަލް ދަނޑު ރަސްމީކޮށް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިދަނޑު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެވެ. މި ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. މި މެޗްގައި މިނިސްޓަރު އިމްރާންގެ އިތުރުން، ސީޕީ ހަމީދު ވެސް ކުޅުއްވިއެވެ. ހޯމް މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ […]

ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އާކުރުމަށް ޢާއިލާއަށް ހަނދާނީ ފިލައެއް
Thiladhunmathi News

ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އާކުރުމަށް ޢާއިލާއަށް ހަނދާނީ ފިލައެއް

ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ. މި ފިލައަކީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންގެ ފަރާތުން ޙުސައިން އާދަމްގެ އާއިލާއަށް އެރުވި ހަނދާނީ ފިލައެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ފިލައަކީ، ކުޅުދުއްފުށީ، މާވާގެ، ޝަހީދު ޙުސައިން އާދަމް ދިވެހިރާއްޖޭގެ ދިފާޢުގައި ވެވަޑައިގަތް ގުރުބާނީގެ ހަނދާން އައުކުރުމަށްޓަކައި ޙުސައިން އާދަމްގެ އާއިލާއ...

ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް ނާންގަން: އެޑިޔުކޭޝަން މިނިސްޓްރީ
Raajje

ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް ނާންގަން: އެޑިޔުކޭޝަން މިނިސްޓްރީ

ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް އަންގައިފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ރަސްމީ ފޭސްބުކް އަދި ޓްވީޓާ އެކައުންޓް މެދުވެރިކޮށް އެ މިނިސްޓްރީން މިގޮތަށް ވިދާޅުވީ، “ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭން އަންގައިފި” މިގޮތަށް ލިޔެފައިވާ ލިޔުމެއްގެ ސްކްރީންޝޮޓެއް ހިއްސާ ކުރަމުންނެވެ. އެ ސްކްރީންޝޮޓުން ފެންނަނީ 3 ނޮވެމްބަރުގެ އިސް ހާއިނު، ހާޖަރާގެ ޢަބުދުﷲ ލުތުފީގ...

ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް
Raajje

ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް

ދިވެހިން ‘ކްލައިމެޓް ރެފިއުޖީން’ ނަށް ވުމުގެ ބިރު އެބައޮތް ކަމަށާއި، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ޙައްޤުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ “ކޮޕް26″ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަ...

ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިބްރާޙީމް ޢުމަރު
Thiladhunmathi News

ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިބްރާޙީމް ޢުމަރު

ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް، ކުޅުދުއްފުށި ސިޓީ އަލްފާ، އިބްރާޙީމް ޢުމަރު އައްޔަނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް 34 ފަރާތެއް އިއްޔެ އައްޔަނުކޮށްފައެވެ. ހދ. އަތޮޅު ކައުންސިލުގެ ސެކ...

އެމްއެންޕީގެ މެންބަރުންނަށް މަޖިލީހުގެ 7 ކޮމެޓީއަކުން ޖާގަ ހަމަޖައްސައިފި
Raajje

އެމްއެންޕީގެ މެންބަރުންނަށް މަޖިލީހުގެ 7 ކޮމެޓީއަކުން ޖާގަ ހަމަޖައްސައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ކޮމެޓީތަކުން ފުރުސަތުދީފިއެވެ. މިގޮތުން މަޖިލީހުގެ 7 ކޮމެޓީއަކުން ވަނީ މަޖިލީހުގައި ހިމެނޭ އެމްއެންޕީގެ 3 މެންބަރުންނަށް ފުރުސަތު ދީފައެވެ. އެ ޕާޓީގެ މެމްބަރުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދު ﷲ މި އަދުގެ ޖަލްސާގައި ވަނީ އިއުލާންކުރައްވާފަ އެވެ. އެ ނަންތައް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކުއެވެ. އެމްއެންޕީގެ މެންބަރުންނަށް ޖާގަދިން ކޮމެޓީތައް ދަނގެތީ ދާއިރ...

"ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފި
Raajje

"ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފި

“ރީޑިސްކަވަރިންގ ނައިޓްރޯޖަން: ސޮލިއުޝަންސް އެންޑް ސިނަރޖީސް ފޮރ ކްލައިމެޓް ޗޭންޖް، ހެލްތް، ބަޔޯޑައިވަރސިޓީ އެންޑް ސަރކިއުލަރ އިކޮނޮމީ” އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވާ އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް “ކޮޕް26″ގެ ހަވާސާގައި ބޭއްވި މި އިވެންޓުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށ...

ރައީސް ޞާލިޙް ގްލަސްގޯއަށް ވަޑައިގެންފި
Raajje

ރައީސް ޞާލިޙް ގްލަސްގޯއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ، ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ވެސް ގްލަސްގޯއަށް ދަތުރުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް އެ ވަފްދުގައި ހިމެނިވަޑައިގަންނަވައެވެ. ރައީސް އޮފީހުން ވިދާޅުވާގޮތުގައި، ކޮޕް26ގެ ބ...

ރައީސް ސޯލިހާއި، ރައީސް މައުމޫން ބައްދަލު ކުރައްވައިފި
Raajje

ރައީސް ސޯލިހާއި، ރައީސް މައުމޫން ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ޒަޢީމް މައުމޫން އަބުދުލްޤައްޔޫމް ޑުބާއީގައި ބައްދަލު ކުރައްވައިފިއެވެ. ދެ ރައީސުން ޑުބާއީގައި ބައްދަލުކުރަށްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެއްވައެވެ. ރައީސް ޞާލިޙްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރު...

ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމާލައިފި
Thiladhunmathi News

ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމާލައިފި

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ރޭ ނިންމާލައިފިއެވެ. ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި މަހާސިންތާ އޮތީ ހއ. އިހަވަންދޫގައެވެ. މި މަހުގެ 25 ވަނަ ދުވަހު ފެށި މި މަހާސިންގައި ބޮޑުތިލަދުންމަތީ ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިން ބައިވެރިވިއެވެ. މި މަހާސިންތާގެ ބައިވެރިންނަށް...

ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި ފަލަސްޠީނުގެ ޕެވިލިއަން ޒިޔާރަތްކުރައްވައިފި
Raajje

ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި ފަލަސްޠީނުގެ ޕެވިލިއަން ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގައި ހުރި ފަލަސްޠީނުގެ ޕެވިލިއަންއަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަލަސްޠީނުގެ ޕެވިލިއަނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ދުބާއީގައި ހުންނަ ފަލަސްޠީނު އެމްބެސެޑަރ، ޗާޖް ޑި އެފެއާރޒް އޮފް ދަ ކޮންސިއުލޭޓް ޖެނެރަލް ޢަލީ އެމް. ޔޫނުސް އެވެ. އެ އެކްސްޕޯގައި ފަލަސްތީނުގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ އެތަ...

3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް
Parliament

3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލިސްގެ ދަފުތަރުގައި ހިމަނައިފިއެވެ. އެ ޕާޓީ މަޖިލީހުގެ ދަފުތަރުގައި ހިމެނިކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ރިޔާސަތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނިއިރު، އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު...