މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ރޭ ނިންމާލައިފިއެވެ.

ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި މަހާސިންތާ އޮތީ ހއ. އިހަވަންދޫގައެވެ.

Ad
rt

މި މަހުގެ 25 ވަނަ ދުވަހު ފެށި މި މަހާސިންގައި ބޮޑުތިލަދުންމަތީ ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިން ބައިވެރިވިއެވެ.

މި މަހާސިންތާގެ ބައިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކުގެ އިތުރުން ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފާވާއިރު، އިހަވަންދޫގެ ރައްޔިތުންނަށް ވެސް ހުޅުވާލައިގެން ޢާއިލީ ހަވީރެއް ވެސް ކުރިއަށް ގެންދިޔައެވެ.

މި މަހާސިންތާގެ މަގުސަދެއްކަމުގައި ކަނޑައަޅާފައި ވަނީ، މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ގައުމީ ތަރައްގީއާއި، ހެޔޮވެރިކަން އަދި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމެވެ.

މި މަހާސިންތާގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ހދ. ކުޅުދުއްފުށީ ސިޓީގައެވެ. ޒުވާނުންގެ ދުވަހަކީ މިމަހުގެ 22 ވަނަ ދުވަހެވެވެ.