ށ. ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާން ކޮށްފިއެވެ.

މި ފުރުސަތު އާންމުކޮށް ހުޅުވާލަމުން ނޫމަރާ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ރަށު ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ދުވަސްތަކުގައި ނޫމަރާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު " ބީލަން ހުށައަޅާ ފޯމް" މެދުވެރިކޮށް ބީލަން ހުށަހެޅުމަށް އެކައުންސިލުން އެދެއެވެ. ބީލަން އެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް 500.00 ރުފިޔާގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭއިރު، ފައިސާ ދެއްކުމާއި ބީލަންރަޖިސްޓުރީވުމަށް ބޭނުންވާ ފަރާތްތަކުން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ން ފެށިގެން 27 ޖަނަވަރީ 2022 ވަނަ ދުވަހުގެ 14:00 އާއި ދެމެދު އެ އިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ވަނީ ފުރުޞަޠު ހުޅުވާލާފައެވެ.

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 31 ޖަނަވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00 ގައި، ނޫމަރާ ޕްރީސްކޫލް ހޯލުގައެވެ. އަދި ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ 27 ޖަނަވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކައުންސިލްގެ sh.noomaraa@gmail.com އީމެއިލް ކުރުމަށް އެ ކައުންސިލުން އެދެއެވެ.

ބީލަން ހުޅުވަން ހަމަޖައްސާފައި ވަނީ 07 ފެބުރުވަރީ 2022 ދުވަހުގެ 13:00 ގައި ނޫމަރާ ޕްރީސްކޫލު ހޯލްގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލްގެ 6540042 ނުވަތަ 9163162 ނަމްބަރަށް ގުޅުމަށް ނޫމަރާ ކައުންސިލުން އެދެއެވެ.