ކޯވިޑްގެ ހާލަތު ގޯސްވުމުން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންނަށް ގެނައި މިއަދުއެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގެ ކޯވިޑްގެ ހާލަތު ގޯސްވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސިޓީ ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅުން ނޮޅިވަރަންފަރު، ހަނިމާދޫ އަދި ނެއްލައިދޫ ވެސް އޮތީ މޮނިޓަރިންގައެވެ. ހއ. އަތޮޅުން ވެރިރަށް ދިއްދޫގެ އިތުރުން އިހަވަންދޫ ވެސް އޮތީ މޮނިޓަރިންގައެވެ. އަދި ށ. ވެރިރަށް ފުނަދޫ ވެސް އޮތީ މޮނިޓަރިންގައެވެ.

މީގެއިތުރުން ވެސް ބޮޑުތިލަދުންމަތީގެ ރަށްތަކުން ކޭސްތައް ފެންނަ އަދަދު ދަނީ މަތިވަމުންނެވެ.

މިވަގުތު މުޅިރާއްޖެއިން މޮނިޓަރިން ހާލަތުގައި އޮތީ 19 ރަށެކެވެ.