ރައީސް ޞާލިޙް، ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައިފި

photo_2022-01-17_17-50-27

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ޞާލިޙް ވަނީ ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައި، އެ އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާ ލައްވާފައެވެ.

މިގޮތުން ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަންއަށް ރައީސް ވަނީ ޒިޔާކުރަށްވާ ބައްލަވާ ލަށްވާފައެވެ.

އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރާ ގޮތްތަކާއި، ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކެވެ.

ސިންގަޕޫރުގެ ޕެވިލިއަން އިން ދައްކުވައިދެނީ ބަގީޗާއެއްގެ ގޮތަށް އޮންނަ ދިރިއުޅެން ފަސޭހަ ސިޓީއެކެވެ. އަދި ސިންގަޕޫރުގެ އީޖާދީ ވިސްނުންތައް މި ޕެވިލިއަން އިން ދައްކުވައިދެއެވެ.

އިޓަލީގެ ޕެވިލިއަންއިން އިޓަލީން އެކި ދާއިރާތަކުން ހުރި ފުރުޞަތުތަކާއި ޙާޞިލުކޮށްފައިވާ ކުރިއެރުންތަކާއި އިޖާދީކަންކަމާއި އުފެއްދުންތެރިކަން ފެނިގެންދެއެވެ. އަދި ވިޝަން ޕެވިލިއަންއަކީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ވިސްނުންފުޅުތަކާއި ތަޞައްވުރުތައް ދައްކުވައިދޭ ޕެވިލިއަންއެކެވެ.

ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި