ކޯވިޑް-19 ބަލީގައި ރާއްޖެއިން 42 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ.
މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:01 ހާކަށް ހާއިރުއެވެ.
މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 270 ވަނަ މީހާއެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވިއިރު، މިވަގުތު ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައެވެ. މުޅިރާއްޖެއިން ޕޮޒިޓިވްވާ ނިސްބަތް އެންމެ މަތި ދުވަސްވަރުގޮތުގައި މި ދުވަސްވަރު ހިމެނޭއިރު އިއްޔެ ވެސް ވަނީ 2349 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 1325 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 681 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 54 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް 114،977 މީހުން މިބަށްޔަށް ޕޮޒިޓިވްވެފައި ވެފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 13،035 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!