ށ. ފީވަކު ކައުންސިލްގެ މުވައްޒުފުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޙާއްސަ ޔުނީފޯމް ކިޓް މިއަދު އިފްތިތާޙު ކޮށްފިއެވެ.

މި ކިޓުގައި ފީވަކު ކައުންސިލް އިދާރާގައި މަސަައްކަތް ކުރަށްވާ ފިރެހެން ބޭފުޅުންނަށް ތައްޔާރުކޮށްފައި ވަނީ ގިރުވާންލީ ޓީޝާޓާއި ފަޓުލޫނެވެ. އަދި އަންހެން މުވައްޒިފުންނަށް ތައްޔާރުކޮށްފައި ވަނީ، ދަނބު ކުލައިގެ ބުރުގާއާއި ދަނބު ކުލައިގެ ދިގު ހެދުމެވެ.

Ad
rt

މި ކިޓަކީ ފީވަކު ކައުންސިލް އިދާރާގައި މަސައްކަތްކުރަށްވާ ސިވިލް ސާވަންޓުންގެ ދީލަތި ހަދިޔާއެއް ކަމަށް މައުލޫމާތު ލިބިފަވެއެވެ.

މިއީ ފީވަކުގެ ތާރީޚުގައި، ކައުންސިލްގެ މުވައްޒަފުންނަށް މިފަދަ ކިޓެއް އެ ގޮތަކަށް ފަރުމާކޮށް، ބޭނުން ކުރަންފެށި ފުރަތަމަ ފަހަރެވެ.

ފީވަކު ކައުންސިލްގެ އިތުރު ގިނަ ކައުންސިލް ތަކަކުން އަންނަނީ ކައުންސިލް މުވައްޒަފުންނަށް ހާއްސަ ޔުނިފޯމެއް ތައާރަފްކޮށް ބޭނުން ކުރަމުންނެވެ. އެ ޔުނީފޯމް ނުވަތަ ހާއްސަ ހެދުން އެ ކައުންސިލްތަކުގައި ބޭނުންކުރަނީ ހަފްތާގެ ކަނޑައަޅާ ވަކި ދުވަސް ތަކެއްގައެވެ. އަދި ކައުންސިލުން ހިންގާ ހަރަކާތްތަކާއި، ދަތުރުތަކުގައި ވެސް ޔުނިފޯމް ބޭނުން ކުރަމުންދެއެވެ.