މާލޭ ސިޓީގެ، ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ބިޖިލީ ކާސަލް ކިޔާ ގެއެއްގައި ކަމަށެވެ.
ސިފައިންގެ މަސައްކަތުން ގޭގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ، 8:48 ގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!