ޓެސްޓްތަކެއް ހެއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒަޢީމް، މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ޓެސްޓްތަކެއް ހެއްދެވުމަށް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހަވީރުގެ ވަގުތެއްގައެވެ. އެ މަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލީ އިރުއޮއްސުނު ފަހުންނެވެ.

Ad
rt

ހޮސްޕިޓަލުން ދޫކޮށްލެއްވިކަން ހާމަކުރައްވަމުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މިރޭ އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

އެޑްމިޓު ކުރި ހަބަރާއެކު ލިބުނު ހަމްދަރުދީގެ މެސެޖުތަކަށް ޝުކުރު އަދާކުރައްވަމުން އެމަނިކުފާނު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ނަރުހުން ދެއްވި ފަރުވާއަށް ޝުކުރުއަދާކުރަށްވާފައެވެ.

ރައީސް މައުމޫން މީގެ ކުރީން 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ތެރޭ ވަނީ ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްޓްކޮށް ފަރުވާ ދީފައެވެ.

އެ މަނިކުފާނުގެ މިހާރުގެ އުމުރުފުޅަކީ 85 އަހަރެވެ.