ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯސް ފަށައިފިއެވެ.

މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ވިދާޅުވާގޮތުގައި މި ކޯހުގައި އެއާ އިންޓަޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދޭނެއެވެ. އަދި ކޮންޓްރަބޭންޑް އިންޓަރޑިކްޝަން އޮޕަރޭޝަންސް އަދި އެއާޕޯޓު ސެކިއުރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.

އެގޮތުން، މި ކޯހުގައި އެނަލައިސިސް، ކޮމްޕިއުޓަރ ބޭސްޑް އިންފޮމޭޝަން ސިސްޓަމް، ކޮންޓްރަންޑް ކޮރިއަރ، ޓްރެފިކިން ޓްރެންޑްސް އަދި ހިއުމަން ޓްރެފިކިންގއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

''މީގެ އިތުރުން، ގަވާއިދާ ޚިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށާއި އެކަމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، ބަލްކް ކަރަންސީ އަދި ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަތުމާއި، ޕެސެންޖަރ ޓާގެޓިންގ ހެދުމާއި، އިލެކްޓްރޯނިކް މީޑިއާ / ޑިވައިސް އެގްޒަމިނޭޝަން ހެދުމާއި، ކަވަރ އޯޕްރެޝަންސް އަދި އިންޓެގްރޭޝަން ޓެކްނިކްސްގެ މައުލޫމާތު ހިއްސާކުރާނެ'' ފުލުހުންގެ އިދާރާއިން ވިދާޅުވެފަވެއެވެ.

މި ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 37 މުވައްޒަފުން ބައިވެރިވެއެވެ.

މި ކޯސް ކުރިއަށް ގެންދާނީ މި މަހު 15 އިން 19 އަށެވެ.