އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން

raees imran

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތު ޕާޓީ އާއިއެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ މި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައިކަން އިއްޔެ ޢިއުލާންކުރަށްވާފައެވެ.

އީސީއިން ރިޔާސީ އިންތިޚާބުގެ ތާރީޚް ޢިއުލާން ކުރެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާތްﷲގެ ވާގިފުޅާއެކު އެ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ އަދާލަތު ޕާޓީ ހިމެނޭ އިއްތިހާދަކުން ކަމަށެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު ފެހި ޤާނޫނު އަސާސީގެ ދަށުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވެސް އަދާލަތު އޮތީ އިންތިޚާބު އެ އިންތިޚާބުތައް ކާމިޔާބު ކުރި ފަޅީގައެވެ. މިގޮތުން 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން އެކުލަވާލި ''ވަތަންއެދޭ ގޮތަށް'' އިއްތިހާދުގައި ވެސް އެ ޕާޓީ ހިމެނުނުއިރު، 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަން އެކުލަވާލި އިއްތިހާދުގައި ވެސް އެ ޕާޓީ ހިމެނުނެވެ. މީގެ އިތުރުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރި އިއްތިހާދުގައި ވެސް އަދާލަތު ހިމެނިފައިވާއިރު، މި ވެރިކަމުގައި އަދާލަތުން ދަނީ ސަރުކާރުގެ މުހިންމު މަގާމުތަކެއް ވެސް ފުރަމުންނެވެ.

އަންނަ ރިޔާސީ އިންތިޚާބު ގައިދަށްވެފައިވާއިރު، އަދާލަތު އޮންނާނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކުކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއްގެ ކެމްޕެއިން ހިނގަމުންދާއިރު ވެސް ރައީސް ޞާލިޙަށް ތާއީދު ކުރަށްވާ އެ ޕާޓީގެ ވެރިން އަންނަނީ މީސް މީޑިއާގައި ޝުއޫރުފާޅުކުރައްވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *