ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ މިއަދު ޢިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ 15 އޭޕްރިލް 2023 ވަނަ ދުވަހުއެވެ.

Ad
rt

އެ އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަން އޮތް ދުވަހުގެރޭ 22:15 ހާއިރު އީސީން ވަނީ އިއުލާންކޮށްފައެވެ. އަދި މިއަދު ރަސްމީ ނަތީޖާ އިއުލާން ކުރިއިރު ވަގުތީ ނަތީޖާއިން ދެއްކި ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 3423 އެވެ. ވޯޓު ދިން 2755 މީހުންގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 2694 އެވެ. 61 ވޯޓެއް ބާތިލްވެފަވެއެވެ.

މިއިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ކާމިޔާބުކޮށްފައިވާއިރު، ގުރައިދޫ ދާއިރާގެ ގޮނޑި މީގެކުރިން އެމްޑީޕީއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި ޝާޒް މި ގޮނޑި ކާމިޔާބު ކުރެއްވުމުން މަޖިލީހުގައި އެމްޑީޕީގެ ތަމްސީލް ކުރާ މެންބަރުންގެ ޢަދަދު ވަނީ 68 އަށް އުފުލިފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޟާ އަވަހާރަވުމުންނެވެ. ރިޟާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ މެލޭޝިޔާގަ އެވެ.