މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,959 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ
Raajje

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު؛ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ވަނީ ނިންމާފައެވެ. އެ ނިންމުމަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ، މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށެވެ. “ދިވެހި ރާއްޖޭގެ ތާރީޚު ލިޔާންފެށީއްސުރެ […]

”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” އަވަހަށް އެހެން ދެބޯގެރިއެއް ހޯދާ: މައުސޫމް
Raajje

”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” އަވަހަށް އެހެން ދެބޯގެރިއެއް ހޯދާ: މައުސޫމް

”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” ކަމަށާއި، އަވަހަށް “އެހެން ދެބޯގެރިއެއް” ހޯދާށޭ ވިދާޅުވެ، އެކަމާ ދެކޮޅު ހެދިފަރާތްތަކަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދުﷲ މައުސޫމް ބަހުގެ ހަމަލާ އަމާޒުކުރައްވައިފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމާފައެވެ. އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ބަޔެއް ގެއްލޭކަމަށްބުނެ، އިދިކޮޅު ކޯލިޝަނުންނާއި، އެހެން ބަޔެއް ފަރާތްތަކުން އަންނަނ...

އިޓްލޮސްގެ ނިންމުމާއެކު ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް
Raajje

އިޓްލޮސްގެ ނިންމުމާއެކު ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމާފައިވާއެކު މިކަމާގުޅިގެން ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ހާއްސަ ބައްދަލުވުމެއް ކުރިއަށް އެބަދެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، އެ އޮފީހުގައި ކުރިއަށްދާ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފ...

ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް
Raajje

ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް މިއަދު ފޮނުއްވައިފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖެ ގަޑިން މިއަދު 14:00 ގައި އިޓްލޮސްގެ ނިންމުން ހާމަކުރާނެއެވެ. އިޓްލޮސްއަށް ގާސިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެސިޓީފުޅަކީ، ޗާގޯސް މައްސަލާގައި ދިވެހި […]

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ނިންމާލައިފި
Raajje

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ނިންމާލައިފި

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ނިންމާލައިފިއެވެ. މޯލްޑިވްސް އޯޕަން 2023، 10 ބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްމެޗު ބައްލަވާލައްވައި އެމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އަށާއި އަދި ރަނަރަޕް ކުޅުންތެރިޔާއަށް ޓްރޮފީއާ މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ. މިމުބާރާތ...

ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރެއްވި ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ
Raajje

ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރެއްވި ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ

ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރެއްވި އާދަމް މޫސާ، މ. އޯޝަން ރީޑު/މާލެ، (ބުޗާގޭ ދޮންމަނިކު) އަވަހާރަވެއްޖެއެވެ. ބުޗާގޭ ދޮންމަނިކު އަވަހާރަވިކަން އޭނާގެ ދަރިކަނބަލުން ކުރީގެ ވަޒީރު، އިރުތިޝާމް އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ 25 އޭޕްރިލް 2023ގައި އޮސްޓްރޭލިއާގައި، އެތަނުގެ ގަޑިން 4:45 ގައި ކަމަށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. ސަރުކާރުގެ އިސް މަގާމުތަކެއް ދިގ...

ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަނޑުގެ ސަރަހައްދު ބަހަން ވަކާލާތެއް ނުކުރެވޭނެ: ޢީސަ
Parliament

ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަނޑުގެ ސަރަހައްދު ބަހަން ވަކާލާތެއް ނުކުރެވޭނެ: ޢީސަ

ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަނޑުގެ ސަރަހައްދު ބަހަން މޮރިޝަސް އަށް ވެސް ރާއްޖެއަށް ވެސް ވަކާލާތެއް ނުކުރެވޭކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު ޢީސާ ވިދާޅުވެއްޖެއެވެ. ޢީސަ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 34 ވަނަ ޖަލްސާއަށް ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި “ސަރުކާރުން ހެދި ޑީލް” ހާމަ ކުރުމަށާއި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހެޅި […]

ޗާގޮސް މައްސަލައިގައި ވަގުތު އޮއްވައި ޖޭޕީގެ ސްޓޭންޑް ވަނީ ހާމަކޮށްފައި: ސާހް
Raajje

ޗާގޮސް މައްސަލައިގައި ވަގުތު އޮއްވައި ޖޭޕީގެ ސްޓޭންޑް ވަނީ ހާމަކޮށްފައި: ސާހް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޓޭންޑް ވަގުތުއޮއްވައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ ހާމަކުރައްވާފައިކަމަށް އެ ޕާޓީގެ ނައިބު ލީޑަރު ޢަލީ ޝާހް ވިދާޅުވެއްޖެއެވެ. މި މައްސަލައާއިގުޅިގެން ޖޭޕީގެ ލީޑަރު، މާމިނގިލީދާއިރާގެ މެންބަރު ގާސިމް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވާހަކަ ދައްކަވާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވަމުން ސާހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލާގައި ޖޭޕީގެ ސްޓޭންޑް، ލީޑަރު ގާސިމް ވަނީ ވަގުތު އޮއްވައި ސާފުކޮށ...

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ
Raajje

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އަލްބުރޫޖް ޖަމާޢަތުގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ. އަލްބުރޫޖް ޖަމާޢަތުން ބުނި ގޮތުގައި އެ ޖަމާއަތުގެ ޙަވާލުގައި މި އަހަރު ރަމަޟާން މަހު ޢުމުރާއަށް ގޮސްހުރި، މުޙައްމަދު ޒަކީ (83 އަހަރު)، ގއ. ކޮލަމާފުށީ/ގަސްދޮށުގެ، ވަނީ 25 އޭޕްރީލް 2023 ވިލޭރޭ މައްކާ ގަޑިން 12 ޖަހާ ކަންހާއިރު ނިޔާވެފަވެއެވެ. އަލްމަރްޙޫމް މުޙައްމަދު ޒަކީ ނިޔާވެފައިވަނީ މަދީނާ ޒިޔާރަތުގައި 2 ދުވަސް ހޭދަކުރުމަށްފަހު މިދަތުރުގައި އިތުރު ޢުމުރާއެއް ކުރުމަށް މަދީނާގެ މީޤާތު ޛުލް […]

ކެޔޮދޫ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި
Raajje

ކެޔޮދޫ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި

ވ. ކެޔޮދޫ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާލި މައްސަލަ ފެންމަތިވެފައި ވަނިކޮށް އެރަށު މިސްކިތުގެ މައި ދޮރުގެ ބިއްލޫރި ގަނޑު ރޭ ތަޅާލައިފިއެވެ. ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކެއް ދެ ފަހަރެއްގެ މަތިން މިހާރު ވަނީ ވީދާލައިފަ އެވެ. ފުރަތަމަ މިކަންކޮށްފައި ވަނީ މިދިޔަ އަހަރުގެ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެފަހަރު 10 ހަތިމަކަށް ގެއްލުންދީފައިވާއިރު، އެ މިސްކިތުގައި ހުރި ހަތިމުތަކެއް ވީދާލި މައްސަލަ އެއް އަނެއްކާ ވެސް ވަނީ ފެންމަތިވެފައެވެ. މިފަހަރު މިކަންކޮށްފައި ވަނީ […]

ކަސްޓަމްސްއިން 1.8 މިލިއަން ރުފިޔާގެ މަސްތުވާތަަކެތި އަތުލައިގެންފި
Raajje

ކަސްޓަމްސްއިން 1.8 މިލިއަން ރުފިޔާގެ މަސްތުވާތަަކެތި އަތުލައިގެންފި

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ. ކަސްޓަމްސް އިން މިއަދު ވިދާޅުވީ މިތަކެތި އަތުލައިގަތީ އޭޕްރިލް 15 ވަނަ ދުވަހު ކްރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސި ވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ޕެކޭޖުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެެއްގެ އެއްޗެއް ހުރުމުން ކަސްޓަމްސް އިންވަނީ އެ ޕެކޭޖް އިތުރަށް ބަލައިފާސްކޮށްފައެވެ. މިގޮތައް ބަލައި ފާސްކުރ...

ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިޔަން ރުފިޔާ، ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ޖަމާކޮށްދީފި
Raajje

ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިޔަން ރުފިޔާ، ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ޖަމާކޮށްދީފި

މިއަހަރު ފިޠުރުޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް 9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށާއި، އެ ފައިސާ އެ މިނިސްޓްރީގައި އޮންނަ ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް މިހާރު ޖަމާކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި އެ މިނިސްޓްރީ އަށް ޖުމްލަ 9,003,324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) ވަނީ ލިބިފައ...

ފޯޅަވައްސާއި ގުޅުވައިގެން ބަޔަކު ކުރާ ދައުވާއަކީ ސިޔާސީ ހައިޖާނަކަށް މަގުފަހި ކުރަން ދައްކާ ބޭކާރު ވާހަކައެއް: ނިޒާރު
Raajje

ފޯޅަވައްސާއި ގުޅުވައިގެން ބަޔަކު ކުރާ ދައުވާއަކީ ސިޔާސީ ހައިޖާނަކަށް މަގުފަހި ކުރަން ދައްކާ ބޭކާރު ވާހަކައެއް: ނިޒާރު

ފޯޅަވައްސާއި ގުޅުވައިގެން ދިވެެހިންގެ ތެރެއިން ބަޔަކު ކުރާ ދައުވާއަކީ ސިޔާސީ ހައިޖާނަކަށް މަގުފަހި ކުރަން ދައްކާ ބޭކާރު ވާހަކައެއް ކަމަށް އައްޑޫ ސީޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުން ބައެއް، ފޯޅަވަހީގެ ސަރަހައްދުގެ ތެރޭގައި ހިމެނޭކަމަށް މޮރިޝަސް ކުރާ ދަޢުވާއާއިގުޅިގެން ދިވެހިންގެ މެދުގައި ވަނީ ބަހުސެއް ހިނގާފައެވެ. އަދިވެސް އެބަހުސް ދަނީ ކުރިއަށެވެ. ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަމަށް ބުނެ ވަކާލާތު ކުރަމުން އަންނަ ބަޔަކު ވެސް އެބަތިއްބެވެ. އެކަމަށ...

އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެއްޖެކަމަށް ނިންމައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ނިންމައިފި
Raajje

އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެއްޖެކަމަށް ނިންމައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ނިންމައިފި

ނޫނު އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެފައިވާކަމަށް ނިންމައި، އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވިދާޅުވެފައި ވަނީ އެ އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ މަސައްކަތް 110 ދުވަސްތެރޭގައި ނިންމުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް (ކޮންޓްރެކްޓަރ) އ...

ސިޔާސީ ކުރާވަރަށްވުރެ ތިމާވެއްޓަށް ޕުލާސްޓިކުގެ ނުރަށްކާ މާބޮޑު: ޝިފާޢު
Raajje

ސިޔާސީ ކުރާވަރަށްވުރެ ތިމާވެއްޓަށް ޕުލާސްޓިކުގެ ނުރަށްކާ މާބޮޑު: ޝިފާޢު

ސިޔާސީކޮށް ޖޯކުޖަހާވަރަށްވުރެސިޔާސީ ތިމާވެއްޓަށް ޕުލާސްޓިކުގެ ސަބަބުން ލިބޭ ނުރަށްކާ މާބޮޑުކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ކުނި މެނޭޖު ކުރުމުގެ ގާނޫނު އަމަލުކުރަން ފެށުމާއެކު ވިޔަފާރިތަކުން ކޮންމެ ކަސްޓަމަރެއް އަތުން ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައިވާއިރު، ކޮތަޅު ބޮނޑިއެއްގެ އަގު ވެސް ވަނީ އުފުލިފައެވެ. މި ބަދަލާއެކު މީހުންގެ ފާޑުކިޔުމާއި، އެކަމާއި ގުޅުވައިގެން ޖޯކު ކަންތައްތައް ވެސް ކުރަމުންދާ ދަނޑިވަޅެއްގައި ޝިފާޢު ވިދާޅުވީ...