ސައޫދީ އަށް މާދަމާ އީދު

Handhu - Moon - Dheen

ސައުދީ އަރަބިއްޔާއަށް ޝައްވާލް މަހުގެ ހަނދު ފެނިއްޖެކަމަށް އެ ޤައުމުން ބުނެފިއެވެ.

ސައޫދީ މީޑިއާ އިން ބުނީ އެ ގައުމަށް ހަނދުފެނިފައިވާ ކަމަށެވެ. އަދި އެގައުމުގެ ތުމައިރު އެންޑް ސުދައިރު އޮބްސަވޭޓަރީގެ ސައިޓިން ކޮމިޓީން އެކަން ހާމަކޮށްފައިވާ ކަމަށެވެ.

ސައޫދީން ވަނީ މި އަހަރުގެ ރަމަޟާން މަހަކީ 29 ދުވަހުގެ މަހެއް ކަމަށް ނިންމައި، މާދަމާ އަކީ މި އަހަރުގެ ފިތުރު ޢީދުގެ ކަނޑައަޅާފައެވެ.

ރާއްޖޭން ހަނދާމެދު ނިންމި ގޮތެއް ކުޑައިރުކޮޅެއްގެ ތެރޭގައި ޢިއުލާން ކުރާނެއެވެ.

ސައޫދީ އަށް މާދަމާ އީދު ކަމަށް ކަނޑައެޅިއިރު މެލޭޝިއާ، އިންޑޮނޭޝިޔާ ފަދަ ޤައުމުތަކަށް ވެސް މާދަމާ އީދެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *