''މަޖިލިސް އިންތިޚާބު ބޭއްވޭނީ އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު''
2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ”އެކްސް”ގައި ވިދާޅުވީ، ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 2...