މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭ ކަލާފާނު ސްކޫލް ކައިރީ އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައްސަލަ އިއްޔެ އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.

Ad
rt

މީގެ އިތުރުން މި މައްސަލަ ތަހުގީގުކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ފެންމަތިވެފައިވާއިރު، މާލޭގެ ކެނެރީ މަގުގައި ރޭ 22:00 ހާއިރު ވެސް ވަނީ މާރާމާރީއެއް ހިނގާފައެވެ.

މި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އެ މީހަކީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފަވެއެވެ.