ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ދެވަނަ ފަހަރަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
އެޗްއާރުސީއެމުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އަލުން ހުޅުވައިމިލީ، އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 އޮކްޓޫބަރު 26 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
އެޗްއާރުސީއެމް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ ރައީސް މަރްޔަމް މުނާއާއި، މެންބަރު އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މެންބަރު ސަމާއު އަހުމަދު ނަޖީބުގެ އިތުރުން މެންބަރު މުއުމިނާ ވަޙީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!