އަމީނީ މަގުގެ ނުނިމި އޮތް ބައި ނިންމުމުގެ މަސައްކަތުގެ ތެރެއިން އެމަގުގެ ސެގްމެންޓް 12 އަދި 13 ގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އާރުޑީސީން މިއަދު ބުނީ އެ ދެ ސެގްމަންޓުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަަމަށެވެ.
އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ފެށީ 9 ޑިސެންބަރު 2023 ގައިއެވެ. ގަދަ ވިއްސާރައިގެ ސަބަބުން މަސައްކަތް އެކިފަހަރުމަތިން މެދުކަނޑާލަން ޖެހުނުނަމަވެސް މިފަހަރު ފެށި މަސައްކަތް ނިންމާލާފައި ވަނީ 28 ދުވަހުގެ ތެރޭގައި ރޭ ފަތިހު އެވެ.
އަމީނީމަގު ސެގްމެންޓް 12 އަދި 13 ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި.#TeamRDC pic.twitter.com/odmPOXYzo6
— Road Development Corporation Ltd (@rdcmaldives) January 7, 2024
ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމާލުމަކީ އުންމީދެއް ކަމުގައި މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވާއިރު، ދެވަނަ ޓާމް ބަންދަށްފަހު ސްކޫލްތައް ހުޅުވީ މިއަދު އެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް 84 މިލިއަން ރުފިޔާ އަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.
ކުރީ ސަރުކާރު ނިމުނުއިރު މިމަގުގެ ތާރުއަޅާ ނިމިފައިވަނީ ދަރުބާރުގެ ހުންނަ ސަރަހައްދުން ފެށިގެން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!