ސިޙުރަކީ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް
ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ސިޙުރުގެ ނުބައިކަން” އެވެ. މިއަދުގެ ޚުޠުބާގައި ސިހުރަކީ ޙަޤީޤަތެއްކަމަށާއި، އެއީ ދީނުން ބޭރުވާފަދަ ކުށެއްކަމާއި އަދި ސިހުރުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ހަމައެހެންމެ ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލ...