މާލޭގެ ކެފޭއެއްގައި ރޯވެ އަނދަނީ
މާލޭގެ ހެންވޭރު ދޫހިމެރިގޭގައި ހުންނަ ކެފޭއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގައިގެން އެތަނުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ވަމުން އަންނަކަމަށެވެ. އަދި ފުލުހުން ވެސް ބުނެފައި ވަނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސަރަހައްދުގައި ހުރި ”ތިލަދުން”ގެ ނޫސްވެރިއަކު ބުނިގޮތުގައި އެ ކެފޭގައި ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ދުންތައް ވަނީ މުޅި ސަރަޙައްދަށް ފެތުރިފައެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތުގައި [...