ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓް ތަޅާލި މައްސަލައްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ ފަތިހު 4:15 ހާއިރު ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޒައިދާން މުހައްމަދު ޒާހިރު، ހ.ހަމަވެތި/މާލެ ކަމަށް ފުލުހުން ބުންޏެވެ.
''ޒައިދާން މުހައްމަދު ޒާހިރު އަކީ ނުރައްކާތެރިކޮށް ސައިކަލް ދުއްވުމުން އޭނާގެ ސައިކަލް ފުލުހުން ޓޯވް ކުރުމުން ސައިކަލާއި ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް'' ފުލުހުން ބުނެފަވެއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް އޭނަ ލައިގެން ހުރި ޖިންސުގެ ޖީބުން ފެނިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން އޭނާ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައާއި، މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!