ހުޅުމާލޭގައި ދެ ސައިކަލްޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހައިވޭ ކައިރީ ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީ ކަމަށެވެ.
މި އެކްސިޑެންޓްގައި އަންހެނަކާއި، ފިރިހެނަަކަށް އަނިޔާވެގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ ހުޅުމާލޭގައި މިއަދު ހިނގި ދެވަނަ އެކްސިޑެންޓެކެވެ. ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!