ހުޅުމާލޭގައި މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

Ad
rt

މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ހެނދުނު 6:50ހާއިރު އެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ އޭނާއަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހުޅުމާލޭގައި ބާރަށް ދުއްވި ރޭސް ކާރަކުން ޖެހި 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި އިއްޔެ ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެފައެވެ. މި އެކްސިޑެންޓާއި ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް ޑރ.މުހައްމަދު މުއިއްޒު ރޭ ވަނީ އަންގަވާފައެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން އަންގައިފި

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހުންނަށް ބޮޑެތި އަނިޔާވެ، ފުރާނަތައް ގެއްލެމުން ދިޔުމާއެކު ރައީސް އެންގެވި މި ފިޔަވަޅުތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހިމެނެއެވެ.