މީސްމީޑިއާގައި ދައުރުވަމުންދާ، ފުލުހުން ވެހިކަލްތަކެއް ގެންދާ މަންޒަރުފެންނަ ވީޑިއޯ އަކީ، ގަވާއިދުގެ ތެރެއިން ނައްތާލުމަށް ވެހިކަލްތަކެއް ގެންދާ މަންޒަރުފެންނަ ވީޑިއޯއެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ވެހިކަލްތަކެއް ގެންދިޔުމުގައި ފުލުހުން އުޅޭ މަންޒަރުފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންުމުވެފައިވާއިރު، އެ ވީޑިއޯއާއި ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދައުރުވަމުންދާ މޭރީބްރައުން ކައިރީ އޮންނަ ޓޯޔާޑް ތެރެ ފެންނަ ވީޑިއޯއިން ފެންނަނީ ގަވާއިދުގެ ތެރެއިން ނައްތާލުމަށް ވެހިކަލްތަކެއް ގެންދާ މަންޒަރު ކަމަށެވެ.
އެ ވެހިކަލްތަކަކީ ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިގެން އިއްޔެ ގެންދިޔަ ވެހިކަލްތަކެއް ކަމަށާއި، އެތަކެއްޗަކީ ހުޅުމާލެއިން ގެނެސްފައިހުރި ވެހިކަލްތަކެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އިއްޔެ ނައްތާލި ވެހިކަލްތަކުގެ ތަފްސީލް ވެސް ހާމަކޮށްފައެވެ. މިގޮތުން ދެފުރޮޅުލީ 247 ވެހިކަލް، 4 ފުރޮޅުލީ 29 ވެހިކަލް، 223 ބައިސްކަލް އަދި އެއްބިއުލާންސެއް މީގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!