ށ. ފޯކައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މިއަދު ރޯވެ، އެ ގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެގޭގައި އުޅުނު ބިދޭސީންނަށް އެރަށު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފޯކައިދޫ އިރުދޭމާގޭގައި މެންދުރުފަހު ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލެވުނީ އެރަށު ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށްގެން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

Ad
d

ފޯކައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައިގެން ގޮސްފައެވެ.

ފޯކައިދޫ ކައުންސިލުން މިރޭ ވަނީ އެގޭގައި ދިރިއުޅެމުން އައި ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެނީ، ފޮޓޯ: ފޯކައިދޫ ކައުންސިލް

''މިއަދު ދިމާވި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީ މަސައްކަތްތެރިންނަށް މި ކައުންސިލުންވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައި. އަދި އެފަރާތްތަކަށް ބޭނުންވާ އިތުރު އެހީތެރިކަން އެ މަސައްކަތްތެރިން ނިސްބަތްވާ ކުންފުނީގެ ވެރިންނާއި ގުޅިގެން ކުރިޔަށް ގެންދާވާހަކަވެސް ދަންނަވަން.'' ފޯކައިދޫ ކައުންސިލުން ބުންޏެވެ.

Ad
df

މި ހާދިސާ ހިނގި އިރުދޭމާގެ އަކީ އެ ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގައި މަސައްކަތްކުރާ އެ ބިދޭސީން ބައިތިއްބާފައި ތިބޭ ގެއެކެވެ.