ޑްރަގް ވިޔަފާރިން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް އިސްލާހު ހުށަހަޅައިފި
މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ނެގޭގޮތަށް ހިމަނައި މަސްތުވާތަކެއްޗާއިބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މަސްތުވާތަކެތީ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާޙްތަކުގެ ބިލު މަޖިލީހަށް ފޮނުވަން ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް ވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަ...