ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ހޯރަފުށީ ދާއިރާގެ ނައިބު ރައީސް ހުސެން ޝާފިއު، އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ޝާފިއު ފުލުހަށް ހާޒިވާން އަންގައި ފޮނުވި ޗިޓު މީސްމީޑިއާގައި އާންމުކޮށްފައެވެ.

Ad
rt

އެ ޗިޓުގައި ބުނެފައިވާގޮތުން އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ @ޗާލީ_ތުއްތު ހޭންޑްލްއިން ހަޑި ހުތުރު ބަސް ބޭނުންކޮށް ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓެއްކުރި މައްސަލާގައެވެ.

އެ ޗިޓުގައި މާދަމާ 1:30އަށް ޝާފިޢު ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ހއ. ތުރާކުނަށް ނިސްބަތްވާ ޝާފިއު އަކީ އެކްސްގައި ވަރަށް ހަރަކާތްތެރި، އެމްޑީޕީގެ ވަރަށް ހަރަކާތްތެރި އެކްޓިވިސްޓެކެވެ.

މި މައްސަލާގައި ޝާފިއު ފުލުހަށް ހާޒިރުކުރާތީ ފައްޔާޒުގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުން ވަނީ ފާޑުކިޔާފައެވެ.