ރިސާރޗް ލައިބްރަރީއަކާއެކު ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މިސްކިތް ހުޅުމާލޭގައި އަޅަނީ
ރިސާރޗް ލައިބްރަރީއަކާއެކު ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅަން ތައްޔާރުވެއްޖެއެވެ. މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ. ހުޅުމާލޭގައި އަޅާ މި މިސްކިތުގެ ބިންގާ އެޅުން އިއްޔެ އަށް ތާވަލުކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މިސްކިތުގެ ބިންގާއެޅުން ވަނީ ފަހުގެ ތާރީޚަކަށް ފަސް ކުރެވިފައެވެ. މަދީނާ އިންވެސްޓްމަންޓުން މެނޭޖްކުރާ މި މަޝްރޫޢުގެ ދަށުން އެޅޭ މިސްކިތަކީ، ހުޅުމާލޭގައި އެތައް އަހަރެއްވަންދެން ޓިނުނ...